https://youtu.be/JLeSItAYMns

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ އިއްޔެގެ ވަގުތެއްގައި މާފަންނު ކުއްޅަވަށްގޯޅި ތެރޭގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ ކުރީ ޕޮކެޓްގައި ބޭއްވިފައި އޮތް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

ފުލުހުން ވިދާޅުވީ މިއީ މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ބޭނުންވެ ހޯދާ މީހެއްކަމަށެވެ. ނަމަވެސް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ އެމީހަކު ހޯދިފައެއް ނުވެއެވެ.

އެގޮތުން، މި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.