މިއަހަރުވެސް ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ލިބޭނެކަމަށް ސައޫދީ ސަރުކާރުން ވަނީ އަންގަވާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީއިން އެހެން ވިދާޅުވީ ދެންމެ ކުރި ޓްވީޓެއްގައެވެ.

މީގެ އިތުރުން އެ ފަރާތުން ވިދާޅުވީ އެ މިނިސްޓްރީއަށް ކަދުރު ލިބުނުހާ އަވަހަށް ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. އާންމުކޮށް ސައުދީން ރާއްޖެއަށް ހަދިޔާކުރަނީ 50 ޓަނުގެ ކަދުރެވެ.