އއ. ކުރަމަތި ގޮނޑުދޮށުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މިއަދު މެންދުރު ފަހު އެރަށު ގޮނޑުދޮށަށް ލައްގާފައި ވަނިކޮށް ފެނުނު މީހާއަކީ ރިސޯޓުގައި އުޅެފައި މޫދަށް އެރި އުޅުނު ފަތުރުވެރި ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތް މި ފަތުރުވެރިޔާއަކީ ޖަނުމަނު ވިލާތުގެ 62 އަހަރުގެ މީހެކެވެ. އެނިގިފައިވާ ގޮތުގައި ލައްގާފައި ވަނީ މޫދަށް ފައިބައިގެން އުޅެނިކޮށް މަރުވެގެންނެވެ. މިކަމާ ގުޅޭ ގޮތުން އ ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އެ ހޮސްޕިޓަލްގެ މެނޭޖަރު އަލީ ރިޔާޒް "ހަލި"ނޫހަށް ވިދާޅުވީ އެމީހާގެ ހަށިގަނޑު މިހާރު ވަނީ މައުލޫމާތު ހިއްސާކޮށް އަންގަން ޖެހޭ ފަރާތްތަކަށް އަންގައި ރަސްމީ ފޯމަލިޓީސް ނިންމުމަށްފަހު މާލެ ފޮނުވާލެވިފައެވެ.

މިއީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ރާއްޖެއަށް އެކި ހިސާބުތަކުން އައިސްތިބޭ ފަތުރުވެރިން ސްނޯކްލިން އަށް ނޫނީ އެހެން ކަމެއްގައި ނަމަވެސް މޫދަށް ފައިބާ އުޅެނިކޮށް އޭގެ ތެރެއިން ބައެއް ފަތުރުވެރިން މިކަހަލަ ގޮތްގޮތަށް މަރުވެފައި ވަނިކޮށް ފެނިފައިވެއެވެ.