އިޒްރޭލުގެ ދީނީ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެ އިސް އެއް ފާދިރީއަކު އަންހެނުނާ ބެހި އެމީހުން ރޭޕް ކުރުމުން އޭނާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ރާބާއި ޒްވީ ޓާއު އަކީ އިޒްރޭލުގެ ހަރުކަށި ޔަހޫދީ ފާދިރީންގެ ތެރޭގައި މަޝްހޫރު މީހެކެވެ.
އިޒްރޭލު އާމީ ރޭޑިއޯއިން ބުނިގޮތުގައި މިހާރު މުސްކުޅިވެ ހަންޓޯޓޯވެފައިވާ ފާދިރީގެ ޖާނުގައި ވަރުހުރި ދުވަސްވަރު އޭނާ އެތަކެއް އަންހެނުންނެއް ރޭޕްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ފާޅުގައި މިހާތަނަށް އޭނާގެ ބަދު އަޚުލާގީ ސުލޫކު ބޭޒާރުކޮށްލީ ދެ އަންހެނެކެވެ.
ފާދިރީ އިއްޔެ ތަހުގީގަށް ހައްޔަރުކޮށްފައި ވަނިކޮށް އަންހެނަކު ވަނީ އޭނާއާ ދިމާއަށް އޭނާގެ ޖަރީމާތައް ގޮވައި ހަދާފައެވެ. އެއިން އެއް އަންހެނަކީ، މީގެ 40 އަހަރު ކުރިން އިޒްރޭލަށް ހިޖުރަކުރި ވާލެއް ޔާރެއް ނެތް އެކަނިވެރި ޔަހޫދީ އަންހެނެކެވެ.
ފާދިރީ ރޭޕް ކުރި އަންހެނުން އޭނާގެ ޝަކުވާ ކުރަމުން ދާއިރުވެސް އެ މައްސަލަ ނުބެލުމުން އަންހެނުންގެ ބަޔަކު ވަނީ އިޒްރޭލުގެ ޕާލަމެންޓްގެ ކުރިމަތީގައި މުޒާހަރާތައް ބާއްވާފައެވެ. އެއަށްފަހު އޭނާގެ ތަހުގީގު ފެށީ ކަމަށް އާމީ ރޭޑިއޯ ބުނެއެވެ.
ރާބާއި ޒްވީ ޓާއު އަކީ މިހާރުވެސް ފައްޅީގައި ތައުރާތް ކިޔަވައި ދޭ މީހެކެވެ. އޭނާ ވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ.