މިހާރު ކުރިއަށްދާ ޖޫނިއާ ބާސްކެޓް ބޯލް ޗެމްޕިއަންޝިޕުގައި ހދ އަތޮޅު ތައުލީމީ މަރުކަޒް (އޭއީސީ) އިން ދެވަނަ މެޗުވެސް ވެސް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

މުބާރާތުގައި ކުޅުނު ދެވަނަ މެޗް އޭއީސީއިން އިއްޔެ ހަވީރު ކާމިޔާބު ކުރީ ހިރިޔާ ސްކޫލާ ވާދަކޮށް 36-19 އިންނެވެ. މުބާރާތުގައި އޭއީސީ ކުޅުނު ފުރަތަމަ މެޗުގައި ތާޖުއްދީން ސްކޫލުގެ މައްޗަށްވެސް ބޮޑު ތަފާތަކުން ކުރި ހޯދިއެވެ. އެއީ އަތޮޅު ތެރޭ ސްކޫލަކުން މާލޭ ސްކޫލެއްގެ މައްޗަށް ހޯދި ފުރަތަމަ މޮޅުކަންވެސް ފާހަގަ ކޮށްލެވެއެވެ.

ހުރިހާ ކުއާޓާއަކުން ވެސް އޭއީސީ ކުރިހޯދިއިރު ފުރަތަމަ ކުއާޓާ އޭއީސީން ނިންމާލީ 8 - 5 ންނެވެ. ދެވަނަ ކުއާޓާ 10 - 3 ން އޭއީސީން ކާމިޔާބުކުރިއިރު 3 ވަނަ ކުއާޓާގައި އޭއީސީ ކުރި ހޯދީ 10 - 4 ންނެވެ. އަދި ފަހު ކުއާޓާ ނިމުނީ ވަރަށް ވާދަވެރިކޮށް 8 - 7 ން އޭއީސީ ކުރިހޯދައިގެންނެވެ.

މިމުބާރާތުގައި ހދ އޭއީސީން ނުކުންނާނީ މަޖީދިއްޔާ ސްކޫލާ ދެކޮޅަށެވެ. މިމެޗު ކުޅޭނީ މާދަމާ ރޭ 7:45 ގައި ޔޫތު ސެންޓަރުގައެވެ.