މީސްމީޑިއާގައި ދައުރުވަމުންދާ ވިޑިއޯގައި ފެންނަނީ ނައްތާލަން ހަމަޖެހިފައިވާ އުޅަނދު ކަމަށް ދިވެހިރާއްޖޭޣެ ދާހިލީ ސަލާމަތާ ރައްކާތެރިކަމާއި ބެހޭ ވަޒީރު އަލި އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ދައުރުވަމުންދާ ވިޑިއޯގައި އެ ފެނިގެންދަނީ 6 ސެ]ްޓެންބަރު 2024ގައި ގަވާއިދުގެ ދަށުން ނައްތާލަން ހަމަޖެހިފައިވާ އުޅަނދުތަށް އެއްތަނަކަށް ޖަމާ ކުރަމުންދާ މަންޒަރު ކަމަށެވެ. މިގޮތުން ނައްތާލެވުނު އުޅަނދުތަކުގެ ތެރޭގައި 247 ދެ ފުރޮޅުލީ އުޅަނދާއި 29 ހަތަރު ފުރޮޅުލީ އުޅަނދު އަދި 223 ބައިސްކަލު ހިމެނޭ ކަމަށެވެ. ހަމައެހެންމެ 1 އެންބިއުލާންސް ވެސް ވަނީ ނައްތާލެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ދައުރުވަމުންދިޔަ ވިޑިއޯގައި ފެންނަ މަންޒަރުތަކާއި މެދު ގިނަ ބައެއްގެ ފާދުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.