ދައުލަތުން ދަޢުވާކުރާ މަކަރާ ހީލަތް ހެދުމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެނާ ހޯދަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ ހޯދަޑު. އިނަފް، މުޙައްމަދު ނާޘިމް ނަސީމް (45އ) އެވެ.

ފުލުހުން ވިދާޅުވީ މުޙައްމަދު ނާޘިމް ނަސީމް ކޯޓަށް ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މިމަހު 6 ވަނަ ދުވަހު 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް ފައިވާ ކަމަށެވެ.

މީގެ އިތުރުން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން، މުޙައްމަދު ނާޘިމް ނަސީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ގުޅުއްވައި ހިއްސާކުރެއްވުން އެފަރާތުން އެދިވަޑައިގަންފައިވެއެވެ.