މުޅި ރާއްޖެ ތަރައްގީއަށް ބޭނުންވާ މިންވަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމުގައި އައްޑޫސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު ގައުމުގެ އިގްތިސާދު ކުރިއަށްދާ ދުވެލީގައި ހިފަހައްޓާލަން ޖެހޭކަމަށެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ އުފެއްދުންތެރިކަން ފުޅާކުރުމުގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނަމަ އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިގްތިސާދު ދެގުނައަށް ބޮޑުވެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނޭ ކަމަށް ވެސް އޭނާ ވިދާާޅުވެފައިވެއެވެ.
ރައީސްގެ ވިސްނުންފުޅާއެކު އެމަނިކުފާނުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރެވޭ ކަމަށްވާނަމަ ކުރިއަށްއޮތީ ރައްޔިތުންނަށް ތަނަވަސްކަން އިތުރުވާނޭ ދުވަސްވަރެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެގޮތަށް ކަންކަން ކުރިއަށް ގޮސްފިކަމަށްވާނަމަ ކުރިއަށް އޮތް ދުވަސްތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފުޅާވެ ކުރިއަށްދާނޭ ފާގަތި ދުވަސްތަކެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ރައީސް މަސައްކަތް ކުރައްވަނީ ހުރިހާދިމާއަކުން ވެސް ރާއްޖެ ތަރައްގީ ކުރުމަށެވެ.
މީނަ މީ ހަމައިގައި ހުރި މީހެއްތޯ ޔަގީން ކުރަން އެބަޖެހޭ. މީނާގެ ވިސްނުން މިހުންނަނީ ކިހާ ހިސާބަކުން ކޮން ގޮތަކުން އަންނަ އެއްޗެއްތޯއާއި އަސްލުވިސްނުމަކީވެސް މިއީތޯ އަހާލަންޖެހޭ . މިހެން ބުނެލަންޖެހެނީ މިހާތަނަށް މީނާ ބަސްމަގު ބަހައްޓަމުން އަންނަނީ އަމިއްލަ ޖީބާ ހިސާބުން ކަމަށް ވާތީ