ދުނިޔޭގައިވާ އެންމެ މުއްސަނދި ފަސް އަންހެނުންގެ ތެރޭގައި ހިމެނޭ 5 މީހުން ތަރުތީބުން ތިރީގައި މިހިމަނާލަނީ "ފޯބްސް"ގައި ހިމަނާފައިވާ ގޮތަށެވެ. މިއީ ކޮންމެ އަހަރަކުވެސް "ފޯބްސް" މަޖައްލާއިން ހޮވާ މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން ދިރާސާ ކުރުމަށްފަހު ހޮވާ 100އަކުން ފެރޭނިގެން 50 އިން އައިސް ހޮވޭ 10 އެކެވެ. ތިރީގައި މިވަނީ އެ 10 އަކުން 'ފޯބްސް' ހޮވާފައިވާ ދުނިޔޭގެ އެންމެ މުއްސަނދި 5 އަންހެނުން 2023 އެވެ.

5 .ޖެކްލީން މާސް

  • މިލްކިއްޔާތުގައިވާ އަދަދު: 31.7 ބިލިއަން ޑޮލަރު
  • މުއްސަނދިކަމުގެ މަސްދަރު: ކެންޑީ، ޕެޓް ފުޑް
  • ޤައުމު: ޔޫ.އެސް."ކެންޑީ، ޕެޓް ފުޑް" މި ކުންފުންޏަކީ ޖެކްލީންގެ ކާފަ ފްރެންކް ސީ މާސް 1911 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.

4. މެކެންޒީ ސްކޮޓް

  • މިލްކިއްޔާތުގައިވާ އަދަދު: 43.6 ބިލިއަން ޑޮލަރު
  • މުއްސަނދިކަމުގެ މަސްދަރު: އެމެޒޯން
  • ޤައުމު: ޔޫ.އެސް.
  • އެމެޒޯންގެ ބާނީ ޖެފް ބެޒޯސް އާއި 2019 ވަނަ އަހަރު ވަރިވި ފަހުން ސްކޮޓް ވެފައިވަނީ ތާރީހުގައި ވެސް އެންމެ ގިނަ ހިލޭ ސާބަހަށް ފަގީރު ނިކަމެތިންނަށް އެހީތެރިވުމަށް ހޭދަކުރާ މީހެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ދެއަހަރު ތެރޭގައި 1،250 އަށް ވުރެ ގިނަ ޖަމިއްޔާތަކަށް 12.5 ބިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.

3 ޖޫލިއާ ކޮޗް

  • މިލްކިއްޔާތުގައިވާ އަދަދު: 60 ބިލިއަން ޑޮލަރު
  • މުއްސަނދިކަމުގެ މަސްދަރު: ކޮޗް އިންޑަސްޓްރީސް
  • ޤައުމު: ޔޫ.އެސް.
  • ކޮންޒަވޭޓިވް ޑޯނަރ ޑޭވިޑް ކޮޗްގެ ހުވަފަތް އަނބިމީހާ ޖޫލިއާ ކޮޗް އާއި އޭނާގެ ދަރިންގެ %42 ހިއްސާ އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު އަމިއްލަ ކުންފުނި ކޮޗް އިންޑަސްޓްރީސްގައި އޮވެއެވެ.

2. އެލިސް ވޯލްޓަން

  • މިލްކިއްޔާތުގައިވާ އަދަދު: 65.3 ބިލިއަން ޑޮލަރު
  • މުއްސަނދިކަމުގެ މަސްދަރު: ވޯލްމާޓް
  • ޤައުމު: ޔޫ.އެސް.
  • ވޯލްމާޓްގެ ބާނީ ސޭމް ވޯލްޓަންގެ ދަރިކަނބަލުން އެލިސް ވޯލްޓަންގެ ނަސީބު ފާއިތުވި އަހަރު 3.5 ބިލިއަން ޑޮލަރަށް އިތުރުވެފައިވަނީ ވޯލްމާޓްގެ ސްޓޮކް އިތުރުވުމުގެ ސަބަބުން ކަމަށް ލަފާކުރެވެ އެވެ. 2020 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދި އަންހެން މީހާގެ މަގާމު ހޯދި ނަމަވެސް އޭނާގެ ޖާގަ ގެއްލުނީ ބެޓެންކޯޓް މެޔަރސް އެ މަގާމު އަތުލުމުންނެވެ.

1. ފްރާންސޮއިސް ބެޓެންކޯޓް މެޔަރސް

  • މިލްކިއްޔާތުގައިވާ އަދަދު: 74.8 ބިލިއަން ޑޮލަރު
  • މުއްސަނދިކަމުގެ މަސްދަރު: ލޮރިއަލް
  • ޤައުމު: ފްރާންސް
  • ބެޓެންކޯޓް މެޔަރސް އަކީ ޖެހިޖެހިގެން ދެވަނަ އަހަރަށް ދުނިޔޭގެ އެންމެ މުއްސަނދި އަންހެން މީހާ އެވެ. އޭނާ އަކީ ބިއުޓީ ޖަޔަންޓް ލޮރިއަލްގެ ބާނީގެ ކާފަދަރިކަނބަލުންނެވެ.

ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުން އެންމެ ފުރަތަމަ ހިމެނުނީ 2018 ވަނަ އަހަރުގައި، އޭރު ދުނިޔޭގެ އެންމެ މުއްސަނދި އަންހެންމީހާ ކަމަށްވާ އޭނާގެ މަންމަ ލިލިއަން ބެޓެންކޯޓް މަރުވުމާ ގުޅިގެންނެވެ.