ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަތް ބުރީގެ އިމާރާތެއްގައި ވަރުގަދަ ގޮވުމެއް ގޮވައި 14 މީހުން މަރުވެ ދިހަވަރަކަށް މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ގޮވުން ގޮވާފައި ވަނީ ޑާކާގެ ބާރު ބޮޑު ވިޔަފާރި ސަރަހައްދެއް ކަމަށްވާ ގުލިސްތާން އަވަށުގައެވެ.

ގޮވައިގެން އަލިފާން ރޯވި އިމާރާތުގައި ޕްލަމްބިންގެ ސާމާނުތައް އުފެއްދައި ކެމިކަލް ގެންގުޅެއެވެ. މި ގޮވުމުން ފުރަތަމަ ދެ ބުރިއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ފަޔާ އޮފިޝަލުން ބުނެ އެވެ. އެ ގޮވުން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ވަގުތުން ސާފެއް ނުވި ނަމަވެސް ހިސާބުގެ މީހުން ބުނަނީ އެއީ ކެމިކަލްއާ ގުޅުން ހުރި ގޮވުމެއް ކަމަށެވެ.

އެ ސަރަހައްދުގައި 11 ފަޔާ ޔުނިޓެއް މަސައްކަތް ކުރަމުން ދެއެވެ.