ދުނިޔޭގެ އެންމެ މުއްސަނދި 5 ފިރިހެނުންގެ ލިސްޓު މި ހިމަނާލަނީ "ފޯބްސް 2023" އިން އަހަރަކު އެއްފަހަރު ހޮވާ މުޅި ދުނިޔޭގެ އެންމެ ރީތި 100 އިން ނަގާލެވޭ 50 އިން މިހެންގޮސް 10 އަކުން އަންނަ 5 ފިރިހެނުންގެ ނަމާއި އެމީހުންގެ ވަނަވަރުން ކުޑަމިންވަރެކެވެ.
5. ވޮރެން ބަފަޓް
- މިލްކިއްޔާތުގައިވާ ވަރު: 106.4 ބިލިއަން ޑޮލަރު
- މުއްސަނދިކަމުގެ މަސްދަރު: ބަރކްޝަޔަރ ހެތަވޭ
- އުމުރު: 92
- ދިރިއުޅޭ ތަން: އޮމާހާ، ނެބްރަސްކާ
- ރަށްވެހި ވެފައިވަނީ: ޔޫ.އެސް.
"އޮރެކަލް އޮފް އޮމާހާ" ގެ ނަމުން މަޝްހޫރު ވޮރެން ބަފަޓަކީ ހުރިހާ ޒަމާނެއްގެ އެންމެ ކާމިޔާބު އެއް އިންވެސްޓަރެވެ. އިންޝުއަރެންސް ކުންފުނި "ގޭކޯ" އާއި ބެޓެރީ އުފައްދާ ކުންފުނި "ޑިއުރަސެލް" އަދި ރެސްޓޯރެންޓް ޗެއިން ޑެއިރީ ކުއީން ފަދަ ދިހަވަރަކަށް ކުންފުނި ހިންގުމަށް ބަރކްޝަޔަރ ހެތަވޭ ވަނީ އިންވެސްޓު ކޮށްފައެވެ. އެމެރިކާގެ ކޮންގްރެސް މެމްބަރެއްގެ ދަރިއެއް ކަމަށްވާ ބްރކްޝަޔާ ފުރަތަމަ ސްޓޮކް ގަތީ އުމުރުން 11 އަހަރުގައި ކަމަށްވާއިރު އެންމެ ފުރަތަމަ ޓެކްސް ހުށަހެޅީ އުމުރުން 13 އަހަރުގައެވެ.
4. ލެރީ އެލިސަން
- މިލްކިއްޔާތުގައިވާ އަދަދު: 112.3 ބިލިއަން ޑޮލަރު މަސްދަރު: އޮރެކަލް
- އުމުރު: '78 އަހަރު
- ދިރިއުޅޭ ތަން: ލާނައި، ހަވާއީ
- ރަށްވެހިވެފައި ވަނީ: ޔޫ.އެސް.
ލެރީ އެލިސަން އަކީ 1977 ވަނަ އަހަރު ސޮފްޓްވެއާ ފަރުމާއެއް ކަމަށްވާ އޮރެކަލް ކޯ ފައުންޑަރެވެ. އަދި 2014 ވަނަ އަހަރާ ހަމައަށް އެތަނުގެ ސީއީއޯގެ މަގާމު އަދާކޮށްފައެވެ. މިހާރު އޭނާ ހުންނެވީ ކުންފުނީގެ ޗެއާމަން އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމުގަ އެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި އޮރެކަލް އިން ވަނީ ބޮޑެތި ކުންފުނިތަކެއް ގަނެ، 2010 ވަނަ އަހަރު ސަން މައިކްރޯސިސްޓަމްސް ގަނެފަ އެވެ.2012 ވަނަ އަހަރު އެލިސަން ވަނީ ހަވާއީގެ ޖަޒީރާ ލާނައި 300 މިލިއަން ޑޮލަރަށް ގަނެފަ އެވެ. އޭނާ ކެލިފޯނިއާ އިން ލާނައިއަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ.
3. ޖެފް ބެޒޯސް
- މިލްކިއްޔާތުގައިވާ އަދަދު: 117.4ބިލިއަން ޑޮލަރު
- މަސްދަރު: އެމެޒޯން
- އުމުރު: 59
- ދިރިއުޅޭ ތަން: މަދީނާ، ވޮޝިންޓަން
- ރަށްވެހިވެފައި ވަނީ: ޔޫ.އެސް.
އީ-ކޮމާސް ޖަޔަންޓް އެމެޒޯންގެ ސީއީއޯ ކަމުން ޖެފް ބެޒޯސް 2021 ވަނަ އަހަރުގެ ޖުލައި މަހު އިސްތިއުފާ ދެއްވި ނަމަވެސް އަދިވެސް އޭނާ ހުންނެވީ ޗެއާމަންގެ ގޮތުގައެވެ. ހަމަ އެ މަހު އޭނާ ޖައްވަށް ދިޔައީ އޭނާ އުފެއްދި އަދި އެތައް ބިލިއަން ޑޮލަރަކުން ފައިސާ ހޯދާފައިވާ އަމިއްލަ ރޮކެޓް ކުންފުނި "ބްލޫ އޮރިޖިން އިން ހަދާފައިވާ ރޮކެޓެއްގަ އެވެ.
2. އެލޮން މާސްކް
- މިލްކިއްޔާތުގައިވާ އަދަދު: 196.5ބިލިއަން ޑޮލަރު
- މަސްދަރު: ޓެސްލާ، ސްޕޭސްއެކްސް، ޓްވިޓަރ
- އުމުރު: 51 އަހަރު
- ދިރިއުޅޭ ތަން: އޮސްޓިން، ޓެކްސަސް
- ރަށްވެހިވެފައި ވަނީ: ޔޫ.އެސް.
މާސްކް އަކީ އިލެކްޓްރިކް ކާރު ކުންފުނި ޓެސްލާ އާއި ރޮކެޓް ކުންފުނި ސްޕޭސްއެކްސް އަދި ސޯޝަލް މީޑިއާ ކުންފުނި ޓްވިޓާގެ ސީއީއޯ އެވެ. ސްޓޮކާއި އޮޕްޝަންސް އާއި ދެމެދު ޓެސްލާގެ %23 އޭނާގެ މިލްކުވެރިކަން ހުރި ނަމަވެސް އޭނާގެ ސްޓޮކްގެ ދެބައިކުޅަ އެއްބައި ލޯނަށް ކޮލެޓަރަލްގެ ގޮތުގައި ރަހުނުކޮށްފައިވެ އެވެ. އޭނާގެ ނަސީބުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ކާރު ކުންފުނިންނެވެ. އޭނާ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތްއިރު، ސޯޝަލް މީޑިއާ ކުންފުނީގެ %74 ހިއްސާ އޮންނަ ކަމަށްވެއެވެ.
1. ބާނާޑް އާނަލްޓް
- މިލްކިއްޔާތުގައިވާ އަދަދު: 210.8 ޑޮލަރު ބީ
- މަސްދަރު: އެލްވީއެމްއެޗް/ ލަގްޒަރީ މުދާ
- އުމުރު: 73
- ރަށްވެހިވެފައި ވަނީ: ޕެރިސް
ރައްޔިތުކަން: ފްރާންސްބާނާޑް އާނަލްޓް އަކީ 70 ވަރަކަށް ފެޝަން އަދި ކޮސްމެޓިކްސް ބްރޭންޑް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ލަގްޒަރީ މުދާ އުފައްދާ ކުންފުނި އެލްވީއެމްއެޗްގެ ސީއީއޯ އަދި ޗެއާ އެވެ. އޭގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި ލޫއީ ވިޓަން، ކްރިސްޓިއަން ޑިއޯ، މޮއެޓް އެންޑް ޗަންޑަން އަދި ސެފޯރާ ހިމެނެ އެވެ.