އެމެރިކާއިން ބުރެކި ނުޖައްސާނަމަ އެމެރިކާއާއި ޗައިނާއިން ކުރިމަތި ލުމަކަށް ދާނެކަމުގެ އިންޒާރު ޗައިނާގެ ފޮރިން މިނިސްޓަރ ދެއްވައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ކިން ގޭންގް ދެއްކެވި ހަރުކަށި ވާހަކަފުޅުން، އެމެރިކާއިން ޗައިނާއަށް ތުހުމަތު ކުރާ ޖާސޫސީ ވައިހަމާއި ޔޫކްރޭންގައި ރަޝިޔާއިން ހިނގާ ހަނގުރާމައާ އަދި އެނޫނަސް އެހެން ވާދަވެރި މައްސަލަތަކާހެދި، ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި އޮތް ފިތުނަތައް ފުންވަމުންދާކަން ހާމަވެގެން ދެއެވެ.

ޑިސެމްބަރު މަހު މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ކިންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އޮތމިހާރު ހިނގަމުންދާ ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އަހަރީ ބައްދަލުވުމުގެ ތެރެއިން ބެއިޖިންގަ އެވެ. އެމެރިކާގެ ސިޔާސަތުތަކަށް ފުޅާދާއިރާއެއްގައި ފާޑު ވިދާޅުވާ އަދި ދާދި ފަހަކާ ޖެހެންދެން، އެމެރިކާގައި ޗައިނާގެ ސަފީރުކަން ކުރެއްވި ކިން ވަނީ ދެ ގައުމުގެ ދެމެދުގެ ކޯޅުން މާގަދައަށްވެސް އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ޗައިނާ ޚާރިޖީ ވަޒީރު ވިދާޅުވާ ގޮތުގައި އެމެރިކާއިން މަސައްކަތް ކުރަނީ ޗައިނާ އޮބިއަޅާށެވެ. އަދި ޗައިނާއާއި އެމެރިކާގެ ކުރިމަތި ލުމަކަށް ނުދާނީ އެމެރިކާއިން ޗައިނާ ކޮންޓްރޯލުކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.