ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފްގެ އަންހެން ސިފައިން ޚާއްޞަ ހަރަކާތްތަކެއް ކުރިއަަށް ގެންގޮސްފިއެވެ. މި ހަރަކާތްތައް އޮތީ މިއަދު އެމްއެންޑީއެފްގެ ބަންޑާރަ ކޮށީ އޮޑިޓޯރިއަމްގައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ދެ ދަންފަޅިއަކަށް ބަހާލައިގެން ބޭއްވި މި ހަރަކާތްތަކުގައި، ފުރަތަމަ ދަންފަޅީގައި ކުރިއަށް ގެންގޮސްފައިވަނީ މަޢުލޫމާތު ދިނުމުގެ ސެޝަން ތަކެކެއް ކަމަށެވެ. އަދި މި ސެޝަންގައި "ވިމެން އެންޑް ޓެކްނޮލޮޖީ" އާއި "ސައިބަރ ކްރައިމްސް" އާއި ބެހޭ ގޮތުން އަންހެން ސިފައިންނަށް

މީގެއިތުރުން އަންހެން ސިފައިންގެ ތެރެއިން މިދިޔަ އަހަރު ކޯސް އަދި އެކިއެކި ކުޅިވަރުތަކުން ފާހަގަކުރެވޭ ވަނަތައް ހާސިލްކުރި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެއްވާފައިވާއިރު، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ސިފައިންގެ އަންހެން ކޮމިޓީގެ ރައީސާ، ލެފްޓިނެންޓް ކާނަލް ޑރ. ފާތުމަތު ތަހުސީނާ އިބްރާހީމެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި ދުވަހުގެ ދެވަނަ ދަންފަޅީގައި ވަނީ ޚާއްޞަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ޖަލްސާގެ ބައިވެރިންނާ މުޚާތަބްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 8 ވަނަ ދުވަހެވެ.