މީގެ ތިރީސް އަހަރަށްވުރެ ގިނަ ދުވަސް ކުރިން ގެއްލުނު ފަހުން ގާނޫނީ ގޮތުން މަރުވެފައިވާ ކަމަށް އިއުލާން ކުރި އެމެރިކާގެ އަންހެނަކު ޕުއެރްޓޯ ރީކޯއަށް ދިރިހުރެ ފެނިއްޖެ ކަމަށް އޭނާގެ އާއިލާ އާއި ފުލުހުން ބުނެފި އެވެ."ސްޕެރޯ" ގެ ނަން ދެވިފައިވާ މިއަންހެން މީގާއަކީ "އެކްސެންޓްރިކް"އެއްގެ (މަގުމަތީ ދަރުސްވެރިއެއްގެ) ގޮތުގައި މަޝްހޫރު މިހާރު އުމުރުން 83 އަހަރުގެ ޕެޓްރިޝިއާ ކޮޕްޓާ އެންމެ ފަހުން ފެނިފައިވަނީ ޕެންސިލްވޭނިއާގެ ޕިޓްސްބާގުން 1992 ވަނަ އަހަރުއެވެ،
ޑިމެންޝިއާ ޖެހިފައިވާ މިސިސް ކޮޕްޓާ ގެއްލުނުތާ ހަތް އަހަރު ފަހުން، ނާސިންގ ހޯމްއަކުން އޭނާ ފެނިގެން ގެންގޮސް "ހާލުގައި ޖެހިފައިވާ މީހެއްގެ" ގޮތުގައި އުޅެމުން އައިސްފައިވާ ކަމަށްވެއެވެ.
އޭނާގެ ފިރިމީހާ ބޮބް ކޮޕްޓާ ބުނީ މިސިސް ކޮޕްޓާ ގެއްލުމުގެ ކުރިން އޭނާއާ ކައިވެނިކޮށްގެން 20 އަހަރު އުޅެފައިވާ ކަމަށެވެ. ބޮބްކޮޕްޓާ ޖެކްސަން ބުނީ މިސިޒް ކޮޕްޓާ މަރުނުވާކަމާއި ދިރި ހުރިކަން އެނގުމުން އޭނާ އުފާވަ ކަމަށެވެ. އެންމެ ކުޑަމިނުން ކޮންމެވެސް ތަނެއްގައި މަރާލާފައި ނުވާކަން އެނގުމުން އޭނާގެ ހިތަށާއި ސިކުނޑިއަށް ލުޔެއް ލިބުނު ކަމަށެވެ. އަދި އޭނާގެ ހިތް އަބަދުވެސް ބުނަމުން ދިޔަގޮތަށް މަރުނުވާކަން އެނގުމުން އެކަމާ ވަރަށް ބޮޑަށް އުފާވެ ހަމަޖެހުން ލިބިގެން ދިޔަ ކަމަށެވެ.
އުމުރުން 86 އަހަރުގެ މިސްޓަރ ކޮޕްޓާ އިތުރަށް ބުނެފައިވަނީ އޭނާގެ އާއިލާއަށް އޭނާ ޕުއެރްޓޯ ރީކޯގައި ހުރެދާނެ ކަމަށް ހީކޮށްގެން ތިބިކަމުގައި ވިޔަސް މީގެ 25 އަހަރު ކުރިން އޭނާ މަރުވެފައިވާ ކަމަށް އިއުލާން ކޮށްފިކަމަށެވެ. އެހެންނަމަވެސް ދިގު 30 އަހަރުވަންދެން ކޮޕްޓާ ވަނީ އޭނާގެ އަނބިމީހާއަށް އިންތިޒާރުކޮށްފައެވެ.
އަދި އެންމެ ފަހުން މިސްޓަރ ކޮޕްޓާގެ އިންތިޒާރުތަކަށް ނިމުމެއް މިވަނީ އައިސްފައެވެ. ބަލިކަށިވެ އުމުރުން ދުވަސްވެ، ހޮސްޕިޓަލުގެ ބަލި އެނދެއްގައި އިނަސް މިސްޓާރ ކޮޕްޓާއަށް އެންމެ ރީތި ހިތްގައިމު އަންހެނަކީ އަދިވެސް އޭނާގެ އަނބިމީ މިސިޒް ކޮޕްޓާއެވެ.