ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް އެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ ކޮއްކު ހުސައިން ރިޒާ ހަމަޖައްސައިފިއެވެ.

ކ. ގުރައިދޫ ދާއިރާގެ ހުސްވެފައިވާ މަޖިލީހުގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަނުގައި ޕީޕިއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް އެދާއިރާގެ ކުރީގެ މެމްބަރު މަރުހޫމު އަލީ ރިޒާގެ ކޮއްކޮ ހުސައިން ރިޒާ ހަމަޖައްސައިފިއެވެ. އޭޕްރީލް މަހުގެ 15 ގައި ދާއިރާގެ ބައި-އިލެކްޝަންސް ބާއްވަން ވަނީ ނިންމާފައެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ، މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ރިޒާ އަވަހާރަވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެގެން އެ ދާއިރާގެ ބައި-އިލެކްޝަންގެ ޓިކެޓަށް ވާދަކުރުމަށް ޕީޕީއެމުން ހުޅުވާލި ފުރުސަތުގައި ހުސައިން ރިޒާ ނޫން އެހެން ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ. ހުސައިން ރިޒާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ.