މޫސުމާ ބެހޭ އިދާރާއިން، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން ކ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާއިން ވިދާޅުވީ އެ ސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ މިއަދު ހާވީރު 4:45 އިން ރޭގަނޑު 22:45 އާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ.