ދެކުނު ކޮރެއާގެ ސިފައިން އިއުލާން ކުރިގޮތުގައި އުތުރު ކޮރެއާއިން ވަނީ ދެކުނުގެ ހުޅަނގު ސަރަހައްދުގެ ކަނޑުތަކާ ދިމާލަށް ކުރު ރާސްތާގެ ބެލިސްޓިކް މިސައިލެއް ފޮނުވާލާފައެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ބުނީ މި މިސައިލް ފޮނުވާފައި ވަނީ ހަވީރު 6:20 ހާއިރު ހުޅަނގު ސިޓީއެއް ކަމަށްވާ ނަމްޕޯ ކައިރީގައި އޮންނަ ސަރަހައްދަކުންނެވެ.

މިސައިލް ފޯރާފައިވަނީ ކިހާ ހިސާބަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

މި މިސައިލް ފޮނުވާފައި ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ނުފޫޒުގަދަ ކޮއްކޮ ކިމް ޔޯ ޖޮންގް އެމެރިކާ އާއި ދެކުނު ކޮރެއާއާ ދެކޮޅަށް އިންޒާރު ދިނުމަށް ފަހު އުތުރު ކޮރެއާއިން "އަވަސް، ފިޔަވަޅުތަކެއް" އަޅަން ތައްޔާރަށް އޮތް ކަމަށް ބުނި ފަހުންނެވެ.

ޖަޕާނާއި ދެކުނު ކޮރެއާއިން އުތުރު ކޮރެއާގެ މިސައިލް ޓެސްޓް ތަކޚާ މެދު ޝަކުވާ ކުރެއެވެ. އުތުރު ކޮރެއާއިން ފޮނުވާލާ މިސައިލްތައް ޖަޕާނުގެ އައްސޭރިފަށަށްވެސް ވެއްޓެއެވެ.