ފަރެސްމާތޮޑާގައި ތަަރައްގީ ކުރަމުން އަންނަ އެއާޕޯޓަށް މި ފެށޭ ހަފުތާގެ ހޯމައިގަ ފުރަތަމަ ޓެސްޓު ފުލައިޓު ޖެއްސުމަށް ހަމަޖެހިއްޖެ ކަމަށް އެއާޕޯޓުގެ ރަސްމީ ސޯޝަލް މީޑިޔާ ގައި ހާމަކޮށްފިއެވެ. ފޭސްބުކްގެ ފަރެސްމާތޮޑާ އެއާޕޯޓު އޮޕިޝަލް ޕޭޖުގައި ބުނެފައި ވަނީ މިމަހުގެ 13ވަނަ ދުވަހުގެ މެންދުރު ފަހު 03:45ގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓު ފުލައިޓް ޖައްސަން ވަނީ ހަމަޖެހި ނިންމާފައެވެ.
ފަރެސްމާތޮޑަަ އެއަރޕޯޓްގެ ފަޔަރ ލޮރީ އެއަރޕޯޓަށް ގެނައި، ފެބްރުއަރީ މަހުގެ ފަހު ދުވަހު، 14 މާޗް ގައި ޓެސްޓް ފްލައިޓް ޖައްސައި 15 މާޗް ގައި ރަސްމީކޮށް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށް ދަނީ ކަމަށް ފޭސްބުކްގައޮ ބުނެފައި ވެއެވެ. ފޭސްބުކްގައިި އޭރު 14 މާރިޗުކަމަށް އެދުވަހު ބުނެފައި ވީ ނަމަވެސް މިހާރު މިވަނީ އެއް ދުވަސް ކުރިއަށް ޖެހި، ޓެސްޓު ފުލައިޓު ޖެއްސުން އަވަސްވެފައެވެ.
އެ އެއާޕޯޓަށް ފުރަތަމަ ޓެސްޓު ފުލައިޓެއްގެ ގޮތުގައި ޖައްސާނީ މޯލްޑިވިއަންގެ ފްލައިޓް ނަންބަރު Dash-8 300 ކަމަށް ޕޭޖުގެ ޕޯސްޓުގައި ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި، ޑޮމެސްޓިކް ޓާމިނަލްތައް ތަރައްގީ ކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި އެގޮތުން މިއަހަރުގެ ތެރޭގައި ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ. އެއާޕޯޓްގައި ކުރަން ހުރި މައިގަނޑު ހުރިހާ މަސައްކަތްތަކެއް ވެސް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެއާޕޯޓް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ހުރި ކުދިކުދި ބައެއް މަސައްކަތްތައް ކަމަް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މި އެއާޕޯޓުގެ ރަންވޭގައި ލައިޓް ވަނީ ހަރުކޮށް ޓެސްޓުވެސް ވަނީ ކުރެވިފައެވެ.
މި އެއާޕޯޓްގައި އޮންނާނީ 1،200 މީޓަރުގެ ރަންވޭއެކެވެ. އަމަލީ މަސަައްކަތް ކުރަން ފަށާފައި ވަނީ 2021 ގެ ކުރީ ކޮޅުގައެވެ. 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ފަރެސްމާތޮޑާ އެއަޕޯޓްގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށް ވަނީ އިއުލާން ވެސް ކޮށްފައެވެ.
ފަރެސްމާތޮޑާގެ މި އެއާޕޯޓު ތަރައްގީ ކުރަން ފެށި ވަގުތުން ފެށިގެން މިހާތަނަށްވެސް ފަރެސްމާތޮޑާ ރައްޔިތުންގެ އެއްބާރުލުން އެންމެ މަތީ ފެންވަރުގގައި މިކަމަށް އަންނަނީ ލިބެމުންނެވެ. މިގޮތުން ދުރާލާ ރާވައިގެން ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އެއާޕޯޓު ސާފުކުރުމާއި ރީތިކޮށް ގަސް ބެހެއްޓުން ފަދަ އެތައް ކަމެއް ވަނީ ވަރަށް ފުރިހަމައަށް އަންނަނީ ކުރަމުންނެވެ.