އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެޕާޓީ ބަައިބައިކޮށްލުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތައް ބަލައިނުގަނެވޭނޭ ކަމަށް އެޕާޓީގެ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެެއެވެ.

މިއަދު އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބ ބަޔަކު ޕާޓީ ފިތުނަކޮށް ބައިބައި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. "ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބެގެން ޕާޓީ ފިތުނަކޮށް ޕާޓީއާ ދެކޮޅު ހަރަކާތް ހިންގައި ޕާޓީ ބައިބައި ކޮށްލުމަށް ބަޔަކު މިކުރާ މަސައްކަތް ބަލައެއް ނުގަނެވޭ،" އޭނާ ވިދާުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާޓީއާ ފޭއަށް ޖެހިވަޑައިގެން "ފިކުރެއްގެ ދިރުން" ގެ ނަމުގައި ހަރަކާތްތަކެއް ފަށްޓަވައިފަައެވެ، އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ޕާޓީތެރޭގައި ކުރެވިދާނޭ ކަމެއް ކަމަށެވެ. އެކަން ހުއްޓުވައިނުލެވޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.