ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުންް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް އެމްއެންޕީގެ ރައީސް ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޕީއާރުސީ) ގެ ރައީސް އަދި ޕީއާރުސީގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއާމަންގެ މަގާމަށް ތިންވަނަ ދައުރަކަށް ރައީސް ޝީ ޖިންޕިން އިންތިހާބުވެވަޑައިގަތުމުން، އެކަމަށް އެމްއެންޕީން ތަހުނިޔާ ދަންނަވަމުންނެެވެ.

އެމް އެމެ އެން ޕީގެ ރައީސް މުޙައްމަދު ނާޒިމް ކުރެއްވި ތަހުނިޔާގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަކި އަބަދުވެސް އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

ޗައިނާއަކީ ޒަމާނުއްސުރެން ރާއްޖެއަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ފޯރުވަމުން ގެންދަވާ ގާތް ރަހުމަތްތެރިއެކެވެ.