ފަލަވެގެން ގޮސް ނުކުޅެދޭ މީހަކަށްވެ ތަންމަތިވެގެން ދިޔައިރުވެސް މި އަންހެންމީހާގެ ފިރިމީހާ އޭނާ ދޫކޮށެއް ނުލައެވެ. ޓެމީ ލިން މުރެލް މާގިނައިން ކާން ފެށީ އޭނާގެ ބައްޕަ ކުއްލި ހިތާމަވެރި ގޮތަކަށް ވެއްޓި ހާޓް އެޓޭކެއް ޖެހިގެން މަރުވިތަން ފެނުމުންނެވެ. އޭރު އޭނާގެ ކައިވެނި ކިރިޔާ ކުރެވުނީއެވެ. ހަމަ އަނެއްކޮޅުން މަންމަވެސް އެހިތާމައިގައި ނިމި ދިޔައީ ކަމަށާއި އޭނާއަށް އެއްފަހަރާ ދެމީހުން ގެއްލުމުން ގާތް އެކުވެރިއަކަށް ފެނުނީ އެކިކަހަލަ ކާތަކެތި ކަމަށް ޓެމީ ކިޔައިދީފައިވެއެވެ.

ޓެމީގެ ކާނާގެ ދެވިހިފުން މަތިވަމުން ގޮސް އެކަން ގޯސްވަމުން ދިޔަވަރަކަށް އޭނާގެ ސިއްހަތު ދިޔައީ ދަށަށެވެ. އަދި އޭނާއަށް އެދެވިހިފުމުން ސަލާމަތްވާން އުނދަގޫވާން ފެށިއެވެ. އެހިސާބުން މިނަށްވުރެ ބޮޑަށް ފަލަވަމުން ދިއުން ދެން އޭނާގެ ސިކުނޑިއަށްވެސް އަސަރު ފޯރުވަން ފެށީއެވެ.

ކޮންމެ ދުވަހަކު ހެނދުނު އެންމެ ފުރަތަމަ ދިމާވާ ކަމަކީ އެނދުން ތެދުވެ ބަންޑުން އޮންނަން ޖެހުނެވެ. މީހެއްގެ އެހީއަކާ ނުލައި ތެދުވެ ނޫޅެވެއެވެ. ފިރިމީހާއަށް ބުރަ އަކަށް ވީއިރުވެސް އޭނާ ޓެމީއަށް ވަރަށް ހެވެވެ. ނަފުސާނީ އެތައް ހިތާމައަކުން ސަލާމަތްވުމަށް ޓެމީ އެހީ ހޯދި ކާތަކެތި އޭނާއަށް ބޮޑު ވޭނަކަށް ވާން ފެށިއެވެ.

ބަލަބަލައި ހުއްޓާ ފަލަވަމުން ފަލަވަމުން ގޮސް އޭނާގެ ހަށިގަނޑަކީ އޭނާއަށް ބަރަކަށް ވާން ފެށިއެވެ. ފިރިމީހާގެ އެހީގައި ތެދުވެ، ފާހާނާ ކުރުންވެސް ބަދަލު ކުރަން ޖެހުނީ، ނިދާ އެނދު ކައިރީ ޖެހިގެން ވާ ގޮތަށް ގޮނޑިއެއް ބަހައްޓައިގެންނެވެ. ގައިން ތާހިރުވެ ކަންތައް ކުރަން ޖެހުނީ ފެންޓިޝޫއާއި ޑިސްޕޯސަބްލް ވެޓް ތުވާލީގެ އެހީގައެވެ.

އަމިއްލަ ދިރިއުޅުން ކެއުމުގެ ސަބަބުން ފަލަ ބައްޔަށް ގެންދިޔަ ޓެމީ އޭނާގެ ހާލަތު ބަދަލުކުރަން، އޭނާއަށް އެންމެ އުނދަގޫ މަސައްކަތް ކުރަން ނިންމިއެވެ. ކާތަކެއްޗާ ދުރަށް ދިއުމަކީ އޭނާއަށް އެންމެ ހިތާމަލިބޭ ކަމަށްވިޔަސް އެކަން ކުރަން އޭނާއަށް މަޖުބޫރު ކުރީ އޭނާގެ ބަދަލެއް ނައި ލޯބިވާ ފިރިމީހާގެ ސަބަބުންނެވެ.

ބަރުދަން ލުއިކުރުމުގެ މި ދަތުރުގައި ޓެމީއަށް އެހީވީ މިފަދަ ކޭސްތަކުގައި ތަޖުރިބާ ހުރި "މައި 600lb ލައިފް" އިން އާންމުކޮށް އެތައް ކޭސްތަކެއް ކާމިޔާބު ކޮށްފައިވާ ޑޮކްޓަރ ނައުޒާރަދާން އެވެ. ޝޯވގައި ބައިވެރިވީއިރު އޭނާގެ ބަރުދަން ވަނީ ހާސް ޕައުންޑަށް އަރާފައެވެ.

"މައި 600lb ލައިފް" ޝޯވގައި ބައިވެރިވެ 'ޓެމީ ލިން މުރެލް' ވަނީ އެޕިކް ޓްރާންސްފޯމަޝަނަކަށް ފަހު 17 ސްޓޯން(މާނައަކީ 239 ޕައުންޑު) ބަރުދަން ލުއިކޮށްފައެވެ. ހާހަކަށްވުރެ މަތީ ޕައުންޑުގައި ބަރުދަން ހުރެގެން ދިޔަ ނަމަވެސް މިހާރު އޭނާގެ ދިރިއުޅުން މުޅިން ވަނީ މި ޝޯވ އަށް ފަހު ބަދަލުވެފައެވެ.

"މައި 600lb ލައިފް" އަކީ ޓީއެލްސީ އިން ދައްކާ ރިއަލިޓީ ޝޯވ އެކެވެ. މި ޝޯވގައި ބައިވެރިވާ ފަރާތްތަކަކީ ހަށިގަނޑުގެ ބުރަދަން 600 ޕައުންޑަށްވުރެ އެތައް ތަނެއް ބަރު މީހުންނެވެ. މިޝޯވ އުފެއްދި ފަރާތަކީ މި ޝޯވއިން ފެނިގެންދާ ޑޮކްޓަރެވެ.

ޔޫނާން ނައުޒާރަދާން އަކީ ފާރިސްކަރައަށް އުފަން ޑޮކްޓަރެކެވެ. އޮކްޓޯބަރ 11، 1944 ގައި އުފަންވެފައިވާ ޑޮކްޓަރ ޚާއްސަވެފައިވަނީ ވެސްކިއުލަރ ސާޖަރީ އާއި ބެރިއޭޓްރިކް ސާޖަރީ އަށެވެ. މި ޑޮކްޓަރ ވަނީ "މައި 600 ޕައުންޑް"ގެ ލައިފް އިން މޮރބިޑްލީ އޮބީސް މީހުންނަށް ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުމުން ވަރަށް ބޮޑަށް ކާމިޔާބު ހޯދުމާއެކު މަޝްހޫރުކަން ވެސް ހޯދާފައެވެ.

ޓެމީ އަކީ މިޝޯވ ގައި ފެނިގެން ދިޔަ ހިތްވަރުގަދަ އަދި އަވަހަށް އޭނާގެ މަގުސަދުގައި ކާމިޔާބު ހޯދި ފަރާތެއް ކަމަށް ޑޮކްޓަރ ވެސް ފާހަގަ ކުރެއެވެ.

ޓެމީގެ ބެރިއޭޓްރިކް ސާޖަރީއެއް ހެދިއިރު، އެ ސާޖަރީގައި އޭނާގެ ގައިން އެތައް ޕައުންޑެއް ވަނީ މަދު ކުރެވިފައެވެ. އަދި ދެން ޓެމީ މިހާރު ދަނީ އޭނާގެ ޑައެޓާ އެއްވަރަށް ކުރިއަށްނެވެ.

ގިނަ ފަހަރަށް ފޭސްބުކް އަދި އިންސްޓަގްރާމް އަށް ވަދެ އޭނާގެ އާ ހަށިގަނޑު ދައްކާލުމާއި ސިއްހަތަށް ފައިދާހުރި ކެއުމުގެ ޕްލޭންތަކުގެ ފޮޓޯތައް ހިއްސާ ކުރުމުން އެހެން މީހުންނަށް ފިލާވަޅަކަށް ވާނެކަމަށް އޭނާ އުންމީދު ކުރެއެވެ. "އަހަރެންގެ 600 ޕައުންޑްގެ ލައިފް ސްޓާ 'ހެރމިޓަކަށް ވެގެން' ދައްކާލަނީ ގަބޫލުކުރަން ދަތި 17 ސްޓޯން ބަރުދަން ލުއިވެފައިވާތީއެވެ."

މައި 600 ޕައުންޑް ލައިފްގެ އެޕިސޯޑުގައި ޓެމީ ފެނިފައިވަނީ އޭނާއަށް ހަރަކާތްތެރިވާން އުނދަގޫ ހާލަތާ ހަނގުރާމަކޮށް ކުރިއަރައިދާތަނެވެ.

މިއީވެސް ބައެއްގެ ދިރިއުޅުމެކެވެ. އަމިއްލަ ނަފުސުގެ ތަޅުދަނޑި އެހެންކަމަކަށް ދޫކޮށް ނުލާށެވެ. އަބަދުވެސް ސިކުނޑިއަށް ބާރުފޯރުވައި ކޮންމެ ކަމެއްގެވެސް އެންމެ މެދުމިނުގައި ހުރުމަށް ހިތްވަރު ކުރަން ވާނެއެވެ. މިފަދަ ކަންކަމަކީ ހަމައެކަނި އަޑު އަހައިލުމުން ނޫނީ ކިޔައިލުމުން ނުވަތަ ބަލައިލުމުން ނިންމާލާ ކަމަކަަށް ނުހަދާށެވެ. ކޮންމެ ކަމަކީވެސް އާ ފިލާވަޅެކެވެ. އާ އިބްރަތެކެވެ.