މީގެ ދޮޅުގަޑިއެއްހާ އިރު ކުރިން، މޯލްޑިވިއަންގެ ފްލައިޓެއް، ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުން އިން ފުރައިގެން މާގިނަ އިރުތަކެއް ނުވަނީސް އަނބުރާ ވީއައިއޭ ގައި ޖައްސައިފިއެވެ. ފްލައިޓަށް ދިމާވީ ޓެކްނިކަލް މައްސަލައެއްކަމަށް ވެއެވެ.

ޓެކްނިކަލް މައްސަލައެެއް ދިމާވީ ލ. ކައްދުއަށް ފެށި ދަތުރެއްގައެވެ. މި މައްސަލައިގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މެންދުރު ފަހު 1:00 ގެ ކުރިން އެ މައްސަލަ ހައްލުކޮށް ފްލައިޓްގެ ދަތުރު ފެށޭތޯ ބަލަމުން އަންނަ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.