ގުރައިދޫ ދާއިރާގެ ހުސްވެފައިވާ މަޖިލީސް ގޮނޑިއަށް އެމްއެންޕީން ނެރުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓް އަލީ އާރިފް އެދާއިރާގެ ރަށްރަށަށް ތައާރަފް ކުރުމުގެ މަސައްކަތް އެޕާޓީން ފަށައިފިއެވެ.

އެގޮތުން އެޕާޓީން މިއަދު ވަަނީ ކ.ގުޅިއަށް ޒިޔާރަތް ކޮށްފައެވެ. އެ ޒިޔާރަތުގައިވަނީ އަންހެން ވޮލީ ޓީމާ ބައްދަލު ކޮށް އަލީ އާރިފް ތައާރަފްކޮށްފައެވެ. އޭގެ އިތުރުން ގުޅޫ ޑަބްލިޔުޑީސީ އާ ވެސް އެމްއެންޕީގެ ޓީމުން ވަނީ ބައްދަލުކޮށް އަލީ އާރިފް ތައާރަފް ކޮށްފައެވެ. އޭގެ އިތުރުން އެރަށުގެ ކައުންސިލާ ބައްދަލުކޮށްފައިވެސް ވެއެވެ.

މިދަތުރުގައި އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި ޕާޓީގެ އިސް ބޭފުޅުން ބައިިވެރިވެއެވެ. މިދަތުރުގައި ޕާތީގެ ކެންޕޭން ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގުރައިދޫ ދާއިރާގެ ބަައި އިލެކްޝަން ބާއްވަން ޖެހުނީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާާރަވުމާ ގުޅިގެންނެވެ. އެނާއަކީ ޕީޕީއެމްގެ މެމްބަރެކެެވެ. އޭނާގެ ބަދަލުގައި އެދާއިރާގެ ޕީޕީއެމްގެ ޓީކެޓު ދީފައިވަނީ އޭނާގެ ކޮއްކޮ އަލީ ރިޒާއަށެވެ.