ޕީޕީއެމް/ޕީއެންސީން ރޭ މާލޭގައިކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުން މިއަދު ހެނދުނު ދޫކޮށްލައިފިއެވެ.

އެޕާޓީގެ ސެކްރެޓަރީޖެނެރަލް ވިދާޅުވީ ރޭގެ މުޒާހަރާއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. ރޭގެ މުޒާހަރާއަކީ ވެސް އެޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެކެވެ. ރޭގެ މުޒާހަރާއިން ހައްޔަރުކުރީ ކިތައް އަންހެނުންކަމެއް އަދި ކިތައް ފިރިހެނުން ކަމެއް ޕީޕީއެމުން ހާމައެއް ނުކުރެއެވެ.

މި ސިލްސިލާ މުޒާހަރާތައް ހުއްޓާލާނޭ ވަކި މުއްދަތެއް ވެސް ކަނޑައަޅާފައެއް ނުވެއެވެ. މުޒާހަރާތައް ރޯދައަށް މެދުކަނޑާލުމާ ބެހޭގޮތުން ވެސް އަދި ޕީޕީއެމުން ގޮތެއް ނުނިންމައެވެ.