އެއާ އިންޑިއާގެ ލަންޑަން މުމްބާއީ ފްލައިޓުގައި ފާޚާނާގައި ދުންފަތުގެ އިސްތިއުމާލުކޮށް، އެހެން ފަސިންޖަރުންނާ އެކު ބަދުމާޝް އަމަލު ހިންގި އެމެރިކާ މީހަކު އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އުމުރުން 37 އަހަރުގެ ފިރިހެންމީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، އިންސާނީ ފުރާނައަށް ނުވަތަ އެހެން މީހުންގެ އަމިއްލަ ސަލާމަތަށް ނުރައްކާވާ ގޮތަށް ފަރުވާކުޑަކޮށް އަމަލުކޮށްފައި ވާތީ، އެއާކްރާފްޓް ގާނޫނު 1937،ގެ މާއްދާ 22 (ޕައިލެޓް އަދި ކޮމާންޑުން ދޭ ހުއްދަ އިރުޝާދަކަށް އަމަލުކުރުމަށް ދެކޮޅު ހެދުން)، މާއްދާ 23 (ސަލާމަތަށް ނުރައްކާވާ ގޮތަށް އަމަލުކުރުމާއި އެހެނިހެން އަމަލުތައް ހިންގުން ނުވަތަ ޑިސިޕްލިންއަށް ނުރައްކާވުން) އަދި މާއްދާ 25 (ދުންފަތުގެ އިސްތިއުމާލުކުރުން) މި މާއްދާތަކުގެ ދަށުންނެވެ.

ފުލުހުން ބުނިގޮތުގައި އެމީހާއަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ ރައްޔިތެއް ކަމަށެވެ.

ފުލުހުން ބުނީ އޭނަގެ ލޭނަގައި މަސްތުގެ ހާލަތުގައި ތޯ ނޫނީ ބުއްދި ޣާފލުވެފައިތޯ ބެލުމަށް ޓެސްޓް ހަދާ ކަމަށެވެ.