ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ ބިލްބާއޯ 0-1 އިން ބަލިކޮށް ބާސެލޯނާއިން ތާވަލުގެ ކުރީގައި 9 ޕޮއިންޓުގެ ލީޑް ދަމަހައްޓައިފިއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ވިންގަރ ރަފީނާއެވެ. ރެފްރީ ފުރަތަމަ ނިންމީ މިއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އެކަމަކު ވީއޭއާރު އޮފިޝަލުން އެއީ ލަނޑެއް ކަމަށް އެނގުމުން ރެފްރީގެ ނިންމުން ބަދަލުކޮށް ލަނޑެއް ކަމަށް ނިންމީއެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ބިލްބާއޯއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަވެސް ކުރިއެވެ. މިލަނޑު ޖެހުމަށްފަހު ބިލްބާއޯގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އުފާކުރަމުން ދަނިކޮށް ވީއޭއާރު ބެލުމަށް ރެފްރީ ނިންމައި، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ މިލަނޑު ޖެހުމުގެ ކުރިން ބިލްޑްއަޕުގައި ބިލްބާއޯގެ ކުޅުންތެރިޔަކު އަތުގައި ބޯޅަ ޖެހިފައިވާ ކަމަށެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ބާސެލޯނާ އޮތީ 65 ޕޮއިންޓާއެކުއެވެ. ދެވަނައިގައި، އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުގެ އޮތީ 56 ޕޮއިންޓާއެކުއެވެ. ބިލްބާއޯ 9 ވަނައިގައި އޮތީ 33 ޕޮއިންޓާއެކުއެވެ.

ބިލްބާއޯ އާއި ބާސެލޯނާ ބައްދަލު ކުރި މެޗުގެ އުސްއަލިތަކުގެ ލިންކް:

https://www.youtube.com/watch?v=2GtCEnpSn04