ގދ. ފަރެސްމާތޮޑާގައި ސަރުކާރުން އިމާރާތްކޮށްފައިވާ މަރުކަޒީީ އިންޖިނުގޭގެ މަސައްކަތް ނިންމައި މިއަދު އެރަށަށް ކަރަންޓުދޭން ފަށައިފިއެވެ.

އެރަށު އެއާޕޯޓުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އައު އިންޖީނުގެ ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

ސައިީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއިިންޖީނުގެއަކީ ފެނަކައިން އިމާރާތްކޮށްފައިވާ އިންޖީނުގެއެެކެވެ.

އައު އިންޖީނުގެ ހުޅުވުމަށްފަހު މިހާރުވަނީ 22 އަހަރު ވަންދެން އެރަށުގައި ބޭނުންކުރަމުން އައި ބައު އިންޖީނުގެ ބަންދުކޮށްފައެވެ. އެ އިންޖީނުގެއަކީ ހުވަދު ސްކޫލް ކައިރީގައި ހިންގަމުންދިޔަ އިންޖީނުގެެއެކެވެ. އެެހެން ކަމުން އެތަނުން ބޭރުވާ ދުމާއި، ގަދަ އަޑާއި ގެދަބުޅީގެ ސަބަބުން ސްކޫލު ކުދިންނަށާއި ޓީޗަރުންނަށާާއި އާންމުންނަށް ވެސް ދިޔައީ ދަތިވަމުންނެވެ. އެހެނަސް މިއަދު އެކަން ވެސް ނިމުމަކަށް އައީ އެވެ. އެރަށުގެ އިތުރުން އެއާޕޯޓަށް ވެސް ކަރަންޓުދެނީ އައު އިންޖީނުގެއިންނެވެ.