އދ.ފެންފުށީން އިތުރު މެމްބަރުންތަކެއް އަލަށް އެމްޑީޕީއާ ގުޅިއްޖެއެވެ. އަލަށް ގުޅުނު މެމްބަރުންގެ މެމްބަރޝިޕް ފޯމުތައް މިހާރުވަނީ އެޕާޓީއާ ރަސްމީކޮށް ހަވާލުކޮށްފައެވެ.

އެމްޑީޕީގެ ފަރާތުން އެ ފޯމްތަކާ ހަވާލުވެ ވަޑައިގެންނެވީ ޕާޓީގެ ޗެއާޕާސަން އަލްއުސްތާޛު ފައްޔާޒު އިސްމާއީލެވެ. ފެންފުށީގެ ފަރާތުން ފޯމުތައް ހަވާލުކޮށް ދެއްވީ އެމްޑީޕީގެ މާމިގިލީދާއިރާގެ ރައީސް އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ރަޝީދެވެ. ފޯމުތައް ހަވާލުކޮށްފައިިވަނީ އިއްޔެއެވެ.

މިއަހަރު ފެބުރުވަރީ 21 ގެ ނިޔަލަށް އެމްޑީޕީގެ ޖުމްލަ މެމްބަރުންގެ ގޮތުގައި ތިބީ 57،660 މެމްބަރުންނެވެ.