ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުންނަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. މިއީ އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެދިލެއްވުމަށް, އެފަރާތުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އެ ސްކޫލުގެ 50 ކެޑޭޓުން ބައިވެރިވިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ތަމްރީނުތަކުގައި ފިޒިކަލް ފިޓްނަސް ޓްރެއިނިންގގެ އިތުރުން ހެވިކަމުގެ ހަރަކާތްތައް ފަރިތަކުރެވިގެން ދާނެކަމަށާއި އަދި މީގެ އިތުރުން ބާރަ ކެޑޭޓަކު، ކެޑޭޓް ޑްރިލް އިނިސްޓެކްޓަރ ފެންވަރަށް ތަމްރީނު ކުރެވޭނެ ކަމަށެވެ.

މިމަހު 12 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި މަސައްކަތްކުރައްވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ޑްރިލް އިނިސްޓެކްޓަރުންނާއި ފިޒިކަލް ޓްރެއިނިންގ އިނިސްޓެކްޓަރުންނެވެ.