"ކިޗަން ފަޔަރ ސޭފްޓީ" ސެޝަންއެއް ކުރިއަށްގެންގޮސްފި އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ސެޝަނަކީ ފަޔަރ ޕްރިވެންޝަން ވީކް ގެ ހަރަކާތުގެ ތެރެއިން ސ.ހިތަދޫ ސްކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަނެއްކަމަށެވެ.

މި ސެޝަންގައި ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތުވެސް ފޯރުކޮށްދީފައިވާކަމަށް އެފަރާތުން ވިދާޅުވިއެވެ.

ހިތަދޫ ސްކޫލުގައި މިއަދު ކުރިއަށްގެންދިޔަ މި ސެޝަންގައި އެ ސްކޫލުގެ 42 ބެލެނިވެރިއަކު ވަނީ ބައިވެރިވެފައެވެ.