އެމެރިކާގެ ސިލިކަން ވެލީ ބެންކު ބަނގުރޫޓު ވުމަށްފަހު ނިއުޔޯކްގެ ބެންކެއް ބަނގްރޫޓްވާން ދަނިކޮށް ބެންކު ބަންދުކޮށް އެމެރިކާގެ މާލީ އިދާރާއިން އެބެންކުގެ ކޮންޓްރޯލު ނަގައިފިއެވެ.
އެމެރިކާ ސަރުކާރުން ބުނެފައި ވަނީ އެއްވެސް މީހެއްގެ ފައިސާ ބެންކުން ނުގެއްލޭނެ ކަމަށާއި ކޮންމެ ޑޮލަރަކަށް ޑޮލަރެއް ލިބޭނެ ކަމަށެވެ.
މި ދުވަސްވަރު ބެންކުތައް ބަނގުރޫޓުވާނެ ކަމަށް ލަފާކޮށް އެމެރިކާއިން ނިންމާފައި ވަނީ ބެންކެއް ބަނގުރޫޓް ވުމާ ދިމާއަށް މިސްރާބު ޖަހައިފިނަމަ ވަގުތުން އެތަނެއް ބަންދުކޮށް ވަގުތީ ގޮތުން އެމެރިކާގެ ޓްރެޜަރީން އެތަނެއްގެ ހިންގުމުގެ ކޮންޓްރޯލު ނަގާ ގޮތަށެވެ.
ސިލިކަން ވެލީ ބެންކު ބަންގުރޫޓު ވުމުގެ މައްސަލާގައި އެބެންކުގެ ވެރިންގެ ތަހުގީގެއް ދަނީ ހިންގަމުންނެވެ.
ލަފާ ކުރެވެނީ ކުރިން އެމެރިކާއިން ދެއްކި ވާހަކައާ ޚިލާފަށް ޗައިނާގެ ބެންކުތައް ބަނގްރޫޓު ނުވެ އެމެރިކާގެ ބެންކުތައް ބަނގުރޫޓް ވާން ފަށާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ލޯނުދޭ އެއް ބެންކު ކަމުގައިވާ ކްރެޑިޓް ސުއިސްއިން ވެސް ވަނީ ޙިއްސާގެ އަގު ވެއްޓެމުން ދިއުމުން މިއަދު ވަގުތުން ވިޔަފާރި ހުއްޓާލާފައެވެ. ކްރެޑިޓް ސުއިސްއާ މެދު މީހުންގެ އިތުބާރު ގެއްލުނީ އެ މާލީ އިދާރާގެ މައި ހިއްސާދާރު އަދި 20 ޕަސެންޓު ޙިއްސާ ކޮންޓްރޯލު ކުރާ ސައޫދީ ނެޝަނަލް ބެންކުން ކްރެޑިޓް ސުއިސް ސަލާމަތް ކުރުމަށް އިތުރު ފައިސާއަށް އެދުމުން، ގާނޫނާ އެއްގޮތަށް 20 ޕަސެންޓަށް ވުރެން އިތުރަށް ސައުދީއަށް ފައިސާ ދެވެން ނެތް ކަމަށް ބުނުމުންނެވެ.
ދުނިޔޭގެ ޙިއްސާގެ ބާޒާރުތައް ދަނީ ލޮޅެމުންނެވެ. ބައެއް ތާނގައި ހީނުކުރާ ގޮތަށް ބައެއް ހިއްސާތައް ސޮހެމުންވެސް އެބަދެއެވެ.