ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ހައްޔަރު ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަން ކާމިޔާބު ނުވެގެން ދެދުވަސްފަހުން ހުއްޓާލައިފިއެވެ. އިމްރާން ޚާން މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ 18 ވަނަ ދުވަހު އޮންނަ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ރައީސާ ދެކޮޅަށް އަންހެން ފަނޑިޔާރަކަށް ފުރައްސާރަ ކުރި މައްސަލައަކާއި ދައުލަތުގެ ހަދިޔާ ޚަޒާނާ، ތޮޝްޚާނާގެ މުދާކޮޅު ޑުބާއީގެ ވިޔަފާރި ވެރިންނަށް ވިއްކި މައްސަލާގައި ޝަރީއަތް ފަށާފައި ވެއެވެ. ޚާން ވަނީ ޝަރީއަތަށް ފިއްލަވާފައެވެ. ތިން އަޑުއެހުމަށްވެސް ވަޑައިނުގަތުމުން ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްގެން ޝަރިއަތަށް ގެނައުމަށް ފަނޑިޔާރު އަމުރު ނެރެފައި ވެއެވެ.

ކޮންމެ ފަހަރަކުވެސް އޭނާ ދިރިއުޅުއްވާ ކަރާޗީގެ ޒަމާން ޕާކްގައި ހުންނަ ގެކައިރިއަށް މީހުން އެއްކުރައްވައިގެން އިންސާނީ އައްޑަނަ ބޭނުން ކުރައްވައެވެ.

އެންމެ ފަހުން ޒަމާން ޕާކްގައި ހިނަގއި ދިޔަ 48 ގަޑިއިރުގެ ކުރިމަތިލުމުގައި ޚާންގެ ފިނޑިކަމަށް މީހުން ވަނީ ފާޑު ކިޔާފައެވެ. ނަމަވެސް ބައެއް ސެލެބްރިޓީން ވަނީ އޭނާގެ ސަޕޯޓްގައި ވާހަކަ ދައްކަވާފައެވެ.