އަފްޣާނިސްތާން އަންހެން ކުދިންނަށް ދުނިޔޭގެ ގައުމުތަކުން ހުރިހައި ފެންވަރެއްގައި އެހީތެރިވެ ދިނުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ގޮވާލައްވައިފިއެވެ.
ގުޓަރޭސްގެ އެފަދައިން ގޮވާލައްވާފައި ވަނީ އަފްޣާން މުއްލާއިން ނިޒާމީ ގޮތެއްގައި އަންހެނުން އަސާސީ ހައްގުން މަހުރޫމް ކުރަމުން ދިއުމުންނެވެ.
ތާލިބާނުން އެންމެ ފަހުން އަންހެނުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުގައި އަންހެނުން ފޮތުގައި އަތްލުމާއި ފޮތް ކިޔުން މަނާ ކޮށްފައި ވެއެވެ. އަދި ކާބުލްގައި އަންހެނުން އަމިއްލައަށް ހިންގަމުން ގެންދިޔަ ލައިބްރްރީވެސް ތާލިބާނުން ވަނީ ބަންދުކޮށްފައެވެ.