އިންޑިއާގެ އެންމެ ކުރިއަރާފައިވާ ހަސްފަތާލުގައި މާބަނޑު އަންހެނެއްގެ ބަނޑުގައި ދަރިފުޅު ބާއްވައިގެން އެ ދަރިފުޅުގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފިއެވެ. ނިއުދިއްލީގެ އިންޑިއަން އިންސްޓިއުޓް އޮފް މެޑިކަލް ސައިންސަސް ގައި ކޮށްފައިވާ ސާޖަރީއަކީ މޭބިސްކަދުރަކާ އެއްވަރުގެ ހިތަކަށް ކޮށްފައިވާ ސާޖަރީއެކެވެ.
މައިމީހާ އަކީ އުމުރުން 28 އަހަރުގެ ޒުވާނެކެވެ. ކުރީ ތިން ފަހަރު މަތިންވެސް ގަރުބަ ގަތުމަށްފަހު ތިން ދަރިންވެސް ވަނީ ބައިގެން ގޮސްފައެވެ.
ދަރިފުޅުގެ ހާލަތުގެ މައުލޫމާތު ޑޮކްޓަރުން ކިޔައިދިނުމުން އޭނާ ބޭނުންވީ ސާރަޖީއެއް ހަދައި ދަރިފުޅުގެ ފުރާނަ ސަލަމާތް ކުރާށެވެ.
އައިއައިއެމްގެ ކާޑިއޮލޮޖީއާއި އޮބްސްޓެޓްރިކް އެންޑް ގައިނަކޮލޮޖީ ޑިޕާޓްމަންޓްގެ ފީޓަސް ޑިވިޝަންގެ ސާޖަނުން ބައިވެރިގެން ކުރި އުދަގޫ އޮޕަރޭޝަން ކޮށް ނިންމާލީ 90 މިނެޓުގެ ތެރޭގައެވެ.
ޑޮކްޓަރުން ވަނީ އަލްޓްރާ ސައުންޓް ބޭނުންކޮށްގެން މައިމީހާގެ ބަނޑަށް ކަށި ހަރައިގެން ކުއްޖާގެ ހިތަށް ބެލޫނެއް ލައްވާފައެވެ. އެ ބޭލުންގެ ސަބަބުން ދަރިފުޅުގެ ހިތުން ލޭދައުރު ކުރުމަށް އެހީތެރިވެ ދޭނެއެވެ.
ޑޮކްޓަރުން ބުނިގޮތުގައި އެދަރިފުޅު ދުނިޔެއަށް އުފަންވާއިރު އޭނާއަށް ދިމާވާ ހިތުގެ މައްސަލަ ކުޑަވާނެ އެވެ.
މިއީ، މިހާ ކުޑަ ހިތަކަށް މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮށްނިންމާފައިވާ އެފދަ ފުރަތަމަ ސާޖަރީއެވެ.
އިންޑިއާ ބޮޑު ވަޒީރު ވަނީ އިންޑިއާ ޑޮކްޓަރުން މޮޅުކަމަށް ވިދާޅުވެ ތައުރީފްކޮށް ޓުއީޓް ކުރައްވާފައވެ.