މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 21 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިހުގެ ފުލުހުން އިއްޔެ މާލެތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ސައިކަލުގައި ވަންވޭއާ އިދިކޮޅަށް ދުއްވާފައި ދިއުމުން ފުލުހުން އޭނާގާތު މަޑުކުރަން ބުނުމުން މަޑުނުކޮށް ފިލަން ދުއްވާފައިދަނިކޮށް ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށެވެ.

އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 271 ކުޑަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެެވެ.

މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.