އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ކަނާތު ފިޔާގެ ސަރުކާރުގެ ބޮޑު ވަޒީރު ބެންޔަމީން ނަޔަންތާހޫއަށް އެކުވެރި އަރަބި އިމާރާތުން ދީފައިވާ ދައުވަތު ކެންސަލްކޮށްފިއެވެ.
އިޒްރޭލުން ވުޖޫދުން ފޮހެލަން ބޭނުން ވެގެން އަންދައި ލޫޓޫވާލި ފަލަސްތީނުގެ ހުވާރާ އަވަށް އިމާރާތް ކުރުމަށް ޔޫއޭއީން ފައިސާ ދިނުމަށްވެސް ނިންމައިފިއެވެ.'
ޔޫއޭއީގެ ރައީސް ޝެއިޚު މުޙައްމަދު ބިން ޒާއިދު އާލަނަހްޔާން ވަނީ ތިން މިލިއަން ޑޮލަރު، ހުވާރާ ބިނާ ކުރުމަށް ވަގުތުން ދިނުމަށް އަންގަވާފައވެ.
އިޒްރޭލުގެ ވަޒީރު ބޭސަލް ސްމޮރިޗް ބުނެފައި ވަނީ ހުވާރާއަކީ ނައްތާލަން ޖެހޭ އަވަށެއް ކަމަށެވެ. ނާޒީންވެސް ޔަހޫދީންނަށް ހެދީ އެހެންނެވެ. އެމީހުންގެ އަވަށްތައް ލޫޓުވައި އެމީހުންގެ ގެތައްހުޅުޖަހައި އެމީހުން އެތަންތަނުން ބޭރުކޮށްފައި ގެންގޮސް އަވަންތަކަށް ލައިގެން ހޮލޮކޯސްޓް ހިންގީއެވެ. އިޒްރޭލުންވެސް ފަލަސްތީނު މީހުން އަވަނަށް ލުން ފިޔަވައި ހުރިހައި ކަމެއްވެސް ކުރަމުން ދެއެވެ.