އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ތަމްރީނު ކުރުމަށް ހިންގި 20 ވަނަ ކޯސްޓްގާޑް ބޭސިކް ކޯހުގެ ގެ ދަސްވެނިވުން އިއްޔެ ހަވީރު ބާއްވައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކޯސް ނިންމުމުގެ ގޮތުން ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެ ނެރަލް ޢަބްދުالله ޝަމާލާއި ވައިސް ޗީފް އޮ ފް ޑިފެންސް ފޯސް ބްރި ގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި މިލިޓަރީ ސެކެރެޓަރީ ޓް ދަ މިނިސްޓަރ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން އެމްއެންޑީއެފްގެ ޔުނިޓްތަކުގެ ކޮމާންޑަރުން ބައިވެރިވެލެއްވި ކަމަށްވެސް ވިދާޅުވިއެވެ.

ވިހި ވަނަ ކޯސްޓްގާޑް ބޭސިކް ކޯހުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި، ހަނދާނީލިޔުން ހަވާލުކޮށްދެއްވީ މިނިސްޓްރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ. އަދި ލަޝްކަރު ބަލާފާސްކޮށްދެއްވީ މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

މިރަސްމިއްޔާތުގައިޮ ކޯހުން ފާސްވި ދަރިވަރުންނަށް ބެޖު ހަވާލުކޮށްދެއްވީ ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް އިބްރާހީމް ހިލްމީއާއި ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި ކޯސްޓްގާޑްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުالله ޖަމީލެވެ.

ކޯސްޓްގާޑް ބޭސިކް ކޯހުގެ މުޅި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ލާންސް ކޯޕްރަލް މުޙައްމަދު ނާފިޢުއެވެ. ޕޯރޓް ޑިވިޜަންގެ އެންެމެ މޮޅު ދަރިވަރުގެ އިތުރުން ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ލާންސް ކޯޕްރަލް ޢަބްދުالله އިބްރާހިމެވެ. އަދި ސްޓާބޯޑް ޑިވިޜަންގެ އެންމެ މޮޅު ދަރިވަރަކަށް ޕްރައިވެޓް ޢަލީ އިޒާން ނިޒާމް ވަނީ ހޮވިފައެވެ.

އެންމެ ހަށިހެޔޮ ދަރިވަރަކަށް ޕްރައިވެޓް ޢަބްދުالله ސަނީމް ހޮވިފައިވާއިރު، އެންމެ މޮޅު ބަޑި ޖެހުންތެރިއާގެ މަޤާމަށް ހޮވިފައި ވަނީ ޕްރައިވެޓް އަޙްމަދު ރިޞްވާނެވެ. ފަނަރަ ހަފުތާގެ މުއްދަތަށް ކޯސްޓްގާޑް ބޭސިކް ސްކޫލް، ޅ.މާފިލާފުށީގައި ކުރިއަށްގެންދިޔަ ކޯސްޓްގާޑް ބޭސިކް ކޯހުގައި 60 ދަރިވަރުން ބައިވެރިވެ 56 ދަރިވަރަކު ވަނީ ކޯހުން ދަސްވެނިވެފައެވެ. މީގެ ތެރޭގައި ހަތް އަންހެން ސިފައިން ވެސް ހިމެނެއެވެ.

ކޯހުގައި ދަރިވަރުންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި

  • ނެވިގޭޝަން
  • ވިޒިޓް ބޯޑް ސަރޗް އެންޑް ސީޒަރ
  • މެރިޓައިމް ލޯ
  • މެރިން އިންޖިނިއަރިންގ (މެކޭނިކަލް އިންޖިނިއަރިން) ފަޔަރ ފައިޓިންގ އެންޑް ޑެމޭޖް ކޮންޓްރޯލް
  • ސްވިމިންގ އެންޑް ރެސްކިޔު
  • ޗާޓް ވޯރކް
  • ނޭވަލް ގަނަރީ
  • ރޫލްސް އޮފް ދަ ރޯޑް
  • ސީމަން ޝިޕް
  • ނޭވަލް ކޮމިއުނިކޭޝަން
  • ދިވެހިރާއްޖޭގެ ޖިއުގްރަފީ
  • ނޭވަލް ސްޓަޑީސް
  • ފަސްޓް އެއިޑް
  • ފިޒިކަލް ޓްރެއިނިންގ އާއި ހެވިކަން އަދި އޮންބޯޑް ސެއިލިންގެ އިތުރުން ސަވައި ވަލް ޓްރެއިނިންގ ހިމެނެއެވެ.

މިކޯހަކީ ކޯސްޓްގާޑް އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ އިންސާނީ ވަޞީލަތް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަރައްޤީކޮށް ކުރިއެރުވުމަށް، 2001 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް އިން ހިންގާ ކޯހެކެވެ.