ޕީޕީއެމްގެ ލީޑަރ އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަންދެން ނުވަތަ ގެއަށް ބަދަލުުކުރަން ދެން ސިލްސިލާ އިހުތިޖާޖު ކުރިއަށްގެންދާނޭ ކަމަށް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ބުނީ މިހާރެކޭ އެއްގޮތަށް ރޯދަަމަހު ވެސް އިހުތިިޖާޖު ކުރިއަށް ގެންދާނޭ ކަމަށެވެ. މިއީ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ކޮންމެރެއަކު ބާއްވަމުން ގެންދާ އިހުތިޖާޖުތަކެކެވެ. އެ ކޯލިޝަނުން ބުނީ ރޯދަމަހު އިޖުތިޖާޖު ކުރިއަށްދާނީ ކޮންމެރެއަކު ތަރާވީސް ނަމާދަށްފަހު ކަމަށެވެ.

ރައީސް ޔާމީން މިހާރުގެންދަވަނީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންނެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީނަށް ކޮށްފައިވަނީ އިންސާފުވެރި ހުކުމެއްނޫން ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް މުޒާހަރާތަކުގައިދަނީ ގޮވައިލަމުންނެވެ.