މާފަންނު ޏަމްޏަމްގޭގައި މިރޭ އަލިފާން ރޯވެއްޖެއެވެ. އެހެން ނަމަވެސް އަލިފާން މާބޮޑަށް ފެތުރި ފުޅާވުމުގެ ކުރީން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ އަލިފާން ނިއްވާލައިފައެވެ.

އަލިފާން ނިއްވާލައިފައިވަނީ މިރޭ 22:40 އެހައިކަންހާއިރު އެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 22:18 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެގެއަކީ ދެ ފަންގިފިލާއަށް ހަދާފައިވާ މީހުން ދިރިނޫޅޭ ފަޅުގެއެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަލިފާން ރޯވެފައިވަނީ އިމާރާތުގެ ތިރީބައިގައި ހުރި ކުނިތަކެއްގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މިހާދިސާގައި މީހަހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ހުޅުމާލޭ އަތިރިމަތީގައި ހުރި ކުނިތަކެއްގައިވެސް މިއަދުވަނީ އަލިފާން ރޯވެފައެވެ. އެހެންނަމަވެސް ސިފައިން ވަނީ އަލިފަން ނިއްވާލައިފައެވެ. އެ ހާދިސާގައި މީހަަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.