ޔޫއޭއީއަށް ފާޑު ކިޔުމުން އިޒްރޭލުގެ ޓްރާންސްޕޯޓް މިނިސްޓަރ ހޫނުފެނަށް ވެއްޓިއްޖެއެވެ. ޑުބާއީއަށް ދަތުރެއް ކުރުމަށްފަހު އިޒްރޭލުގެ ޓްރާންސްޕޯޓް މިނިސްޓަރ މީރީ ރެގޭވް (މެދުގައި) ބުނެފައި ވަނީ ޔޫއޭއީއަށް މަގުތަކާއި ހައިވޭތައް ހަދަން އެނގޭ ކަމަށެވެ. އެކަމަކު ދެވަނަ ފަރަށް އޭނާ ދުބާއީއަށް ދާން ބޭނުން ނުވާ ކަމަށެވެ. "އަހަރެން ދުބާއީއާ ގަޔައެއް ނުވަން. ދެނެއް ނުދާނަން" ކަމަށެވެ.

ޒަޔަނިސްޓް ސަރުކާރުގެ ވަޒީރުގެ މިބަޔާނަށް ފަހު މައްސަލަ ހޫނުވުމުން އިޒްރޭލުގެ ޚާރިޖީ ވަޒީރު ޓުއީޓްކޮށް ބުނެފައި ވަނީ އެއީ ސަމާސާއަކަށް ބުނެފައިވާ ވާހަކައެއް ކަމަށެވެ.

ޒަޔަނިސްޓް ސަރުކާރުގެ ވަޒީރުންގެ ދޫ ވިހަކަމުން މި ދުވަސްކޮޅު މައްސަލަތައް އިތުރު ވެފައި ވެއެވެ.

އަރަބިންނާ އިޒްރޭލާ ދެމެދު އައު އެއްބަސްވުމުގެ ދަށުން ސުލްޙައިގެ މަސައްކަތް ކުރިއަށް ގެންދެވުނު ނަމަވެސް މިފަހަކަށް އައިސް ކޮންމެވެސް އަރަބި ގައުމަކުން ކޮންމެ ދުވަހަކު، އިޒްރޭލުގެ އެމްބެސެޑަރު ހާޒިރުކޮށް ޚާރިޖީ ވުޒާރާއިން އިހުތިޖާޖުގެ ބަޔާނެއް ނީއްވައެއް ނުދެއެވެ.