އިޒްރޭލުން މިސްރާބު ޖަހާފައި ވަނީ ނުބައި ދިމާއަކަށް ކަމަށް ޔޫއޭއީން ބުނެފިއެވެ. މިހަފްތާގައި ޔޫއޭއީން ވަނީ އިޒްރޭލު ބޮޑު ވަޒީރަށް އިންޒާރު ކުރުމަށް ޚާއްސަ މަންދޫބެއް ފޮނުވާފައެވެ.

ޔޫއޭއީ ރައީސް މުޙައްމަދު ބިން ޒާއިދު އާލަނަހްޔާންގެ ޚާއްސަ ބަންދޫބެއްގޮތުން އިޒްރޭލަށް ވަޑައިގަތީ ޚަލްދޫން މުބާރަކްއެވެ. އޭނާއަކީ ޔޫއޭއީގެ ރައީސްގެ މުސްތަޝާރެކެވެ.

އިޒްރޭލް ސިފައިންގެ ރޭޑިއޯ ކާންއިން ރިޕޯޓް ކުރިގޮތުގައި، ޓެލްއަވީވްގައި ބޭއްވި ބައްދަލުވުމުގައި މުބާރަކު ނަތަންޔާހޫއަށް ވިދާޅުވެފައި ވަނީ އިޒްރޭލު ނުބައި ދިމާއަކަށް މިސްރާހު ޖަހާފައިވާ ކަމަށާއި އިޒްރޭލުގެ އަމަލުތައް ގެންދެވެނީ، އިބްރާހީމީ މުއާހަދާއާ ޚިލާފަށް ކަމަށެވެ.

ޔޫއޭއީން މިފަހަކަށް އައިސް ބައެއް ބައްދަލުވުންތަކަށް އިޒްރޭލު މަސްއޫލުވެރިންނަށާއި ނޫސްވެރިންނަށް ވީސާ ދިނުމުގައި ކޮންޓްރޯލެއް ގެންގުޅެފައި ވެއެވެ.

ދުބާއީގައި ބާއްވާފައި އެމެރިކާ އެމްބަސީއާއި އެމެރިކާގެ އަމިއްލަ ޔަހޫދީ ޖަމުއިއްޔާއަކުން ގުޅިގެން ފުށް ސެކިއުރިޓީއާއި ފެނާ ބެހޭ ގޮތުން ބެއްވި ބައްދަލުވުމަށްވެސް ނޫސްވެރިންނަށް ވިސާ ދިނުމަށް އެދުމުން ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި އިޒްރޭލުގެ ބައެއް މަސްއޫލުވެރިންގެ ވިސާއަށްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.