ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން 20 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކޯލިޝަންގެ މައިޕާޓީ ޕީީޕީއެމުން ބުނީ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 11 ފިރިހެނަކާއި 9 އަންހެނުން ކަމަށެެވެ. މި އެންމެން ވެސް މިހާރު ވަނީ މިނިވަން ކޮށްފައެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ގާނޫނީ ވަޖިބަށް ބުރަސް އަޅައި ނުކިޔަމަންތެރިކަން ދެއްކުމުންނެވެ.

މި އިހުތިޖާޖަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެކެވެ. ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ކޯލިޝަނުންް ބުނަމުން ގެންދަނީ ރައީސް ޔާމީން ޖަލަށް ލައިފައިވަނީ ނާއިންސާފުން ކަަމަށެވެ. އެހެން ކަމުން އެމަނިކުފާނު ވަގުތުން މިނިވަން ކުރަންޖެހޭ ކަމަށް ކޯލިޝަނުންގެންދަނީ ގޮވާލަމުންނެވެ.