އެމްޑީޕީގެ ރައީސަކަށް ހުންނަވައިގެން ޕާޓީ ރޫޅާލުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސަކަށް ހުންނަވައިގެން ރައީސް ނަޝީދު ގެންދަވަނީ ޕާޓީގެ ރިސޯސް ބޭނުން ކުރައްވައިގެން ޕާޓީ ބައިބައިކޮށް ރޫޅާލަން މަސައްކަތް ކުރައްވަމުން ކަމަށެވެ.

"ފިކުރެއްގެ ދިރުންގެ ނަމުގައި އެމްޑީޕީ ބައިބައިކޮށް ރޫޅާލަން ޕާޓީ ރައީސްގެ މަގާމުގައި ހުންނަވައިގެން ޕާޓީގެ ރިސޯސް ބޭނުން ކުރައްވައިގެން މުހައްމަދު ނަޝީދު މިކުރައްވާ މަސައްކަތް ހުއްޓުވަން އެބަޖެހޭ،" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދާޅުވެފައިވަނީ ޕާޓީއާ ސީދާ ދެކޮޅަށް މަސައްކަތް ކުރައްވަން ރައީސް ނަޝީދު ފެށްޓެވީމައި ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ހުރެވިގެން ނުވާނޭ ކަމަށެވެ.

ރައީސް ނަޝީދު ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ޖޭޕީއާއެކު އިންތިޚާބަށް ނިކުންނެވުމަށް މަޝްވަރާ ކުރައްވަމުންނެވެ.