އެސްޓީއޯގެ ކުރީގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޝުކުރާއި މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ޢަމްރަށް މަރުޙަބާއާއި ޝުކުރު ދެންނެވީ ފާއިތުވި 4 އަހަރު އެސްޓީއޯ ހިންގާފައިވާގޮތް ރަނގަޅުކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ފާއިތުވި ހަތަރު އަހަރަކީ އެސްޓީއޯއިން ރަނގަޅު ނަތީޖާ ނެރުނު އަހަރުތަކެއް ކަމަށެވެ. "ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާ އަޅާކިޔާލުމުން އެކަން ސާފުވާނެ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ އެސްޓީއޯއިން ވަނީ ކުންފުނީގެ ފައިދާ ބޮޑުކޮށްފައި ކަމަށެވެ. އެހެނަސް ތަކެތީގެ އަގުވެސް އުފުލުނަ ނުދީ ހިފެހެއްޓިކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ކޮވިޑުގެ ހާލަތުގައި ވެސް ރަށްރަށް ކާޑަށް ނުޖައްސައި ފިހެއްޓި ޙުސައިން ޢަމްރަށް މަރުޙަބާއާއި ޝުކުރު،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަންގަވައިގެން ޢަމްރު މިހާރުވަނީ އެސްޓީއޯއިން ވަކިކުރައްވައިފައެވެ.