އެމްއެންޑީއެފުން މިރޭ މާލޭގައި އުސްފަސްގަނޑު ސަރަހައްދާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައި ހަވާ އަރުވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިރޭ 00:00 ގައި ފަށާ މި ހަރަކާތް ކުރިއަށް ދާނީ 6 މިނެޓްހާއިރުކަމަށެވެ.

ހަލިނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްއިން ވިދާޅުވީ މިއީ އަމިއްލަ ފަރާތެއްގެ އެދިލެއްމުގެ މަތިން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށްގެންދާ ހަރަކާތެއްކަމަށެވެ. ނަމަވެސް އެފަރާތެއްގެ ނަމެއް އެމްއެންޑީއެފްއިން ހާމައެއް ނުކުރައްވައެވެ.

މިކަމާގުޅިގެން ބައެއް ނޫސްތަކުން، އެމްއެންޑީއެފްއިން މިރޭ ހަވާ އަރުވަނީ ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންގެ މި އަހަރުގެ އުފަން ދުވަސް ފާހަގަ ކުރަން ކަމަށްވެސް ބުނެފައިވެއެވެ.