ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަ ދައްކަނީ ކުންފުނިން ހޯދަމުންދާ ކާމިޔާބާމެދު ހަސަދަވެރިވެގެން ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ. މިއަދު ނެރުނު ނޫސްބަޔާނެއްގައި އެކުންފުނިން އިތުރަށް ވިދާޅުވެފައިވަނީ ހަސަދަވެރިވާ މަދުބަޔަކު ކުންފުނީގެ އެކި ޒިންމާތަކުގައި ތިބި ވެރިންގެ އަބުރު ކަތިލުމަށް ނާތަހުޒީބު ފިނޑި އަމަލުތައް ހިންގަމުންދާ ކަމަށެވެ.
ކުންފުނިން ދެމުންދާ ޚިދުމަތްތަކަށް ކިޔާ ފާޑުތަކަށް މަރުހަބާ ކިޔަސް، ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުމަށް ފެނަކަ ކުންފުނިން ފުރުސަތު ނުދެއްވާނެ ކަމަށް ބަޔާންގައިވަނީ ވިދާޅުވެފައެވެ.
ފެނަކަ ކޯޕަރޭޝަންއިން މިއަދު މިގޮތަށް ބަޔާނެއް ނެރުއްވީ ކުންފުނީގެ ހިންގުމަށް ގެނެވުނު ބަދަލާ ގުޅިގެން ބަޔަކު ހަސަދަވެރިވެ ބައެއް އޮންލައިން ނޫސްތަކުގައި ހަގީގަތާ ހިލާފު ވާހަކަ ލިޔަމުންދާ ކަމަށް ވިދާޅުވެއެވެ.