ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ހައްޔަރު ކުރުމަށް އިސްލާމްއާބާދުގެ ކޯޓަކުން މިއަދު އަމުރެއް ނެރެފިއެވެ. މި އަމުރަކީ އިމްރާން ޚާން އަންހެން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލާގައި ނެރެފައިވާ އަމުރެކެވެ.

މީގެ ކުރީގެ ޝަރިއަތްތަކަށްވެސް ހާޒިރުވެ ވަޑައި ނުގަންނަވާ، އިމްރާން ޚާން ހާޒިރުކުރުމަށް މިފަހަރު ނެރެފައިވާ އަމުރަކީ، ކަފާލާތުގެ ދަށުން އެނާ ދޫކޮށްފައި ނުބެހެއްޓޭ ގޮތަށް ނެރެފައިވާ އަމުރެކެވެ. ކޯޓުގެ އަމުރުގައި ބުނަނީ ކަމާބެހޭ ފަރާތްތަކުން އޭނާ އޭޕްރީލް 18 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރަން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އިމްރާން ޚާންގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ މާޗް 24 ވަނަ ދުވަހުއެވެ.

އިމްރާން ޚާންގެ ޝަރީއަތް އޮންނަ ކޮންމެ ދުވަހަކު އޭނާގޭގެ ކައިރިއަށް ސަޕޯޓަކުން އެއްކޮށް ހައްދަވައެވެ. އޭނާ ވިދާޅުވަނީ އޭނާ މަރާލުމަށް ރޭވުންތަކެއް ރާވާފައިވާ ކަމަށެވެ.