ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް އެފަރާތުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެ އެެގޮތުން މިއަދު ހެނދުނު 08:31 ހާއިރު ފެން ހިއްކުމުގެ މަސައްކަތްފަށާފައިވާކަމަށެވެ.

އެގޮތުން މިހާތަނަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

އެ ސަރަހައްދު ތަކުގެ ތެރޭގައި ވެސްޓްޕާރކް، އައިޖީއެމްއެޗް، ދިރާގު ހެޑް އޮފީސް އަދި އެކުވެނި ހިމެނެއެވެ.