އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި ކަމަށް އެފަރާތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއީ ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ ކުރަމުންދާ ސްކޭމް މެސެޖްތަކެއް ކަމަށެވެ. އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، މިކަން ފުލުހުން ބަލަމުންދާ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް ސްކޭމް ކޯލްތައް އިތުރުވެފައިވާ އިރު ގިނަ ކޯލުތަކަކީ ޖަލުން ކުރާ ކޯލްތަކެއް ކަމަށް ގިނަ ބަޔަކު ތުހުތުމަތު ކުރެއެވެ.