އިއްޔެ ފިލިޕިންސްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސަކު ވަނީ ޒަހަމްވެފައެވެ. އަދި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސްވެގެން ވަނީ އައިސީޔޫގައި ފަރުވާ ދޭން ފަށާފައެވެ.

އިއްޔެ ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ބޮޑެތި ޒަޚަމްތަކެއް ލިބުނީ، ފުވައްމުލަކުސިޓީގެ އުމުރުން 21 އަހަރުގެ ލުހައިމް މުހައްމަދު އިސްމާއީލަށެވެ. މިއީ ލުހައިމް ދުއްވާފައި ދިޔަ ސައިކަލަކާއި އެހެން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެކެވެ. ލުހައިމަކީ ފިލިޕީންސްގެ ސެބޫ ސިޓީގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ދަރިވަރެކެވެ.

ލުހައިމްގެ އާއިލާގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި އެ އެކްސިޑެންޓްގައި ލުހައިމްގެ ދެ ފައި ވަނީ ބިނދިފައވެ. ބޮލަށް ވެސް ވަނީ އަނިޔާވެފައެވެ. މިހާރު ކުރަމުން އަންނަނީ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ކުރަން ޖެހޭ އޮޕަރޭޝަންތަކެއް ކަމަށް ވެސް އެ މީހާ ބުންޏެވެ. ލުހައިމްގެ ހާލު ވަރަށް ނާޒުކު ކަމަށާއި އާއިލާގެ ބައެއް ފަރާތްތަކުން މިހާރު ވަނީ ފިލިޕިންސަށް ގޮސްފައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިހާދިސާ ހިނގިއިރު ލުހެއިމްގެ ޕައިލެޓް ކޯހުގެ ބޮޑު ބައެއް ފުރިހަމަކޮށް، ފްލައިޓް ދުއްވުމުގެ ޓްރެެއިނިންއަށް އޭނާ ދިޔައީ ތައްޔާރު ވަމުންނެވެ.